އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާ ބެލެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއަށް

ޚަބަރު ފަހުގެ

މާލޭގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތުގެ، އާބާތުރަ ފިލުވާ ބެލެހެއްޓުމަށް، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކޮށްފިއެވެ.

އެމް.ޑަބްލިއު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އަލިރަސްގެފާނުގެ ޒިޔާރަތުގެ، އާބާތުރަ ފިލުވާ ބެލެހެއްޓުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ އިސްވެރިޔާ، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.

އިޝްތިހާރު
އިޝްތިހާރު

މިއެއްބަސްވުމުގެ ދަށުން، އަލިރަސްގެފާނު ޒިޔާރާތް އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަލުމާއި ދަވާދުލުމާއި، ދިދަ ގަނޑި މަރާމާތުކޮށް، ސަރވައިލެންސް ކެމެރާ ހަރުކޮށް އެތަން ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ.

މިއެއްބަސްވުން އެކުލަވާލާފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއީ ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޚާއްސަ ލަފައަކާއި އިރުޝާދާއެކު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަސައްކަތެއްކަމަށާއި، މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ