ބޮޑުފޮޅުދޫގައި ދެ ފިރިހެނަކު ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕް ކޮށްފި

ޚަބަރު ފަހުގެ

އއ. ބޮޑުފޮޅުދޫގައި ދެ ފިރިހެނަކުވެގެން ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި ފުލުހުން ދަނީ އެ މައްސަލަ ބަލަމުން ކަމަށެވެ. އެ ގޮތުން އެ އަންހެންމީހާ ރޭޕްކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކަކީ އެރަށު މީހެއް ކަމަށާއި ދެވަނަ މީހަކީ އެރަށު އަންހެނަކާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެއް ކަމަށް އެރަށު ކައުންސިލްގެ ރައީސްއާ ހަވާލާދީ ‘ދަ ޕްރެސް’ އިން ރިޕޯޓުކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ، މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޮޑުފޮޅުދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު އެ ރަށުގެ ދޯނި އެހެލާ ބަނދަރަށް ގެންގޮސް 2 މީހަކު ވެގެން އޭނާއަށް ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގައި އެ މަންޒަރު ވީޑިއޯ ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަަރުގެ ދިވެހި ފިރިހެނެއް ހައްޔަރަުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަަލ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ