ފަލަސްޠީނުގައި މިސްކިތެއް އެޅުމަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު

ޚަބަރު ފަހުގެ

ފަލަސްޠީނުގައި މިސްކިތެއް އެޅުމަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

އައިއޭސީ މޯލްޑިވްސް އިން ބުނީ މި މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާގެ ޞަދަޤާތް ޖާރިޔާ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްގެން ހުޅުވާލައިގެން ކުރިއަށް ގެންދާ “ތަޖްރީ” ގެ ތެރެއިން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މަސްޖިދުލް ގުއްދޫސް”ގެ ނަމުގައި އަޅާ ތިން ފަންގިފިލާގެ މި މިސްކިތަކީ ޖާގައިގެ ގޮތުން ތަނަވަސް ހިތްގައިމު މިސްކިތަކަށް ވެގެންދާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. މި މިސްކިތުގައި އެއްފަހަރާ 1،100 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

މި މިސްކިތްތައް އެޅުމަށް އެހީދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ 7770000062742 އެކައުންޓް ނަމްބަރަށެވެ.

“ތަޖްރީ”ގެ ދަށުން ޖުމްލަ ހަތަރު މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. “ތަޖްރީ” އަކީ ކޮންމެ ވަގުތަކުވެސް ކޮންމެ އަދަދެއްވެސް ދެއްވޭނެ ދެމިގެންދަނިވި ޞަދަޤާތުގެ ފަންޑެކެވެ.

އައިއޭސީ މޯލްޑިވްސްގެ އުންމީދަކީ މި ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑު ލިބި މަސައްކަތް ފެށުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ