ރާއްޖޭގައި ހުރި އިންޑިއާ މީހަކު މެލޭރިއާއަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާއަށް ރާއްޖޭގައި ހުރި އިންޑިއާ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މެލޭރިއާ މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނު ކަމުގައި ވިޔަސް ބަލި ފެތުރުމުގެ ބިރެއް ނެތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭއިން ވިދާޅުވީ މިގޮތަށް އިމްޕޯޓެޑް ކޭސްތައް ފެނުމުން ޢަމަލުކުރާނެ ގޮތުގެ އުސޫލު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ފެނުނު މެލޭރިއާ ކޭސްއާއި ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

ރާއްޖެއިން މުޅިން މެލޭރިއާ ނައްތާލާފައިވަނީ 2015 ވަނަ އަހަރުއެވެ. ޑަބްލިއުއެޗްއޯއިން އެކަމުގެ ލިޔުން ރާއްޖެއާއި ހަވާލުކުރީ އެއަހަރު ޑިސެމްބަރު މަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ