ޕެލަސް މެޗުގައި ޕޮގްބާ ފެނުން ޝައްކު

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނައިރު، މި މެޗުގައި ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ފެނުން ޝައްކު ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ޕޮގްބާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސުން ކުޅުނު މެޗުތަކަަށް އެކުލަވާލި ސްކޮޑުން ޕޮގްބާއަށް ފުރުސަތު ދީފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑް-19 އިން ރަނގަޅުވެ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ޕޮގްބާ މިހާރު އަންނަނީ ބައިވެރިވަމުންނެވެ. ސޯލްޝެއާ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޕޮގްބާ އަށް ޔުނައިޓެޑްގެ ބައެއް ފަރިތަކުރުންތައް ގެއްލުނު ކަމަށާއި، އެކަމަކު އޭނާ އަކީ ވަރަށް އަވަހަށް އެއްކޮށް ފިޓްވާ ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ކުޅުވުމާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި، އެކަމަކު އެ މެޗުގައި އޭނާ ފެނުން ޝައްކު ކަމަށް ސޯލްޝެއާ ވަނީ ބުނެފައެވެ.

އައު ސީޒަނުގެ ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ހޮނިހިރު ދުވަހުއެވެ. އެކަމަކު މިދިޔަ މަހު އޮތް ޔުއެފާ ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ވާދަކުރުމާ ގުޅިގެން އެ ޓީމުން މި ހަފުތާގައި މެޗެއް ނުކުޅޭނެއެވެ. އެހެންކަމުން ފުރަތަމަ މެޗުގައި ޕެލަސްއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ