ރ. އިންގުރައިދޫ ސިއްޙީ މަރުކަޒު ތަރައްޤީ ކުރުމަށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާރ މުޙައްމަދު އަސްލަމެވެ.
އިނގުރައިދޫ ޞިއްޙީ މަރުކަޒުގެ ތަރައްޤީ ކުރުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 540 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫޢަށް 76.86 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.


