ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަޙްމަދު ޝަފްނީޒް

ޚަބަރު ފަހުގެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރަން މަޖިލީހުން ފާސްކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރަން ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމަށް 3 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް

  • އަހުމަދު ޝަފްނީޒު ބަގީޗާގެ، ސ. ހުޅުދޫ
    • އަހުމަދު މައުސޫމް ވ. މިޔަރެސް
    • މަރިޔަމް ޖައިދާ ކަނޑުގަސްދޮށުގެ ކ. ދިއްފުށި

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ގާނޫނީ ގޮތުން ޝަރުތު ހަމަވީ ޝަފްނީޒާއި މައުސޫމެވެ. ޝަފްނީޒް މިހާތަނަށް ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އިގްތިސާދީ ކޮމިޓީ އިން އެ ދެ ބޭފުޅުންނާއި އިންޓަވިއުކުރައްވާފައިވާއިރު، ދެ ބޭފުޅުންނަށް ވެސް ވަނީ 75 މާކްސްއަށް ވުރެ މަތިން ލިބިފައެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ