މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ޚަބަރު ފަހުގެ

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އެމީހާ ހޯދަމުންދަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / އުނިތޮށިގެ، 53 އަހަރުގެ މުޙައްމަދު ނާޝިދު އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2023 އޭޕްރީލް 30 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ