ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވައިކުރެއްވުން އަންނަ ހޯމަ ދުވަހު

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒް، މެންބަރުކަމުގެ ހުވައި އަންނަ ހޯމަ ދުވަހު ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމާއި އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފާ ވާދަކުރައްވައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވައި ޝާޒް ކުރައްވާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. އަދި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަވައިފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ