ރައީސުލްޖުމްހޫރިއްޔާ، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަންނަވައިފި

ޚަބަރު ފަހުގެ

ބަރަކާތްތެރި ފިޠުރު ޢީދާ ގުޅިގެން އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޢީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާއި ޢީދު ސަލާން ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ