އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ހެޑް ކުއާޓާޒް ހަނިމާދޫގައި ގާއިމު ކުރަނީ

ޚަބަރު ފަހުގެ

ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ހެޑްކުއާޓާޒް ހދ. ހަނިމާދު އަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕީއެސްއެމް އިން ގެނެސް ދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓާޒް ހަނިމާދު އަށް ބަދަލު ކުރަން ނިންމީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރެއްވުމާއެކީ އެ ސަރަހައްދަށް އަންނާނެ ބަދަލުތަކަށް ބެއްލެވުމަށްފަހު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނޮދަން އޭރިއާގައި ހަތް އަތޮޅު އޮންނަ އިރު، އެއީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ޅ. އަތޮޅާއި ބ. އަތޮޅެވެ.

ޝަމާލް ވިދާޅުވީ ހަނިމާދޫގައި ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓާޒް އެޅުމަށް އެ ރަށުން ހަތަރު ލައްކައެއްހާ އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަރުކަޒުގެ ބިންގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އަވަހަށް އަޅުއްވައި ދެއްވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ