ދަރިމައިނުވުމުގެ މައްސަލަތަކަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުމަށް ކޮމިޓީން ފާސްކޮށްފި

ޚަބަރު ފަހުގެ

ދަރިމައިނުވުމުގެ މައްސަލަތަކަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ ރައްޔިތުންނަށް އާސަންދައިގެ ނިޒާމުގެ ތެރެއިން ފަރުވާ ކުރެވޭނެ ފަސޭހަ ގޮތެއް ހިމެނުމަށް ގޮވާލާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރު ދިރާސާ ކުރުމަށްފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

މީކާއީލްގެ ގަރާރުގައި ބުނެފައިވަނީ ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ އަސާސީ ބައެއް ބޭސްތައް އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ފަރުވާވެސް ރާއްޖޭން ހޯދުމަށް ތަފާތު ދަތިތައް ކުރިމަތިވާކަމަށެވެ.

ދަރިމައިނުވުމުގެ މައްސަލައިގެ ފަރުވާތަކުގެ ތެރެއިން އައިވީއެފް އަކީ އެންމެ ފަހުގެ މަރުޙަލާކަން ފާހަގަކުރަށްވަމުން މީކާއިލްގެ ޤަރާރުގައިވަނީ ތަފާތު އެކި ވައްތަރުގެ ބޭސް ބޭނުން ކުރުމާއި މެޑިކަލް އަދި ސާޖިކަލް ޕްރޮސީޖާތައް މިމައްސަލައިގެ ޙައްލަކަށް އޮންނަ ކަމަށެވެ.

ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ އެހެނިހެން ބަލިތަކަށް އާސައިންދައިގެ ދަށުން ދެވޭ ފަރުވާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މީކާއިލްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ. ހަމައެއާއެކު މިމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މައްސަލައާއި ގުޅޭ ރަނގަޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށްވެސް މި ޤަރާރުގައި ގޮވާލާފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ