އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މަހުގެ 12 ވަނަދުވަހު ހުށަހެޅި އެމައްސަލަ އާއި ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމީހާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގއ.އަތޮޅާއި ގދ.އަތޮޅެވެ.

އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ގާނޫނު ބުނާ ގޮތުން ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ އެންމެ މަތީ ދަރަޖައިގެ ކުށްތަކުގެ ތެރެއިން ކުށެކެވެ.

ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މާބޮޑު އަދަބެއް ނުދީ މުޖުތަމައުގެ ތެރެއަށް ދޫވެގެންދާތީ އާންމުން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކުޑަ ކުދިން ހިމެނޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ރަށް ހާމަ ނުކުރަނީ ރަށް ހާމަކޮށްފިނަމަ ކުއްޖާގެ ވަނަވަރު ހާމަވުމުގެ ފުރުސަތު އޮވެދާނެތީއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ