މިހާރު ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީއަށް އެތެރެވެވޭނެ

ޚަބަރު ފަހުގެ

ދުރާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ބުރުންޑީ އަށް ދަތުރު ކުރެވޭނެ ގޮތް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ވިސާއާ ނުލައި ދިވެހިންނަށް ބުރުންޑީއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެ އެވެ. އަދި ބުރުންޑީގެ ރައްޔިތުނަށް ވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ. އަދި ޓްރާންސިޓްކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. ބުރުންޑީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު ޒެފްރިން މަނިރަތަންގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާއިމީ މަންދޫބު ތިލްމީޒާ ވިދާޅުވީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބުރުންޑީ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއަދު ސޮއިކުރެވުނު ވިސާ ވެއިވަރ އެގްރިމެންޓްއާއެކު ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ