ކޮވިޑް-19އާއެކު ދުނިޔެއަށް ކުރިމަތިވި ޞިއްޙީ ކުއްލި ޙާލަތު އުވާލައިފި

ޚަބަރު ފަހުގެ

ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ކުއްލި ހާލަތެއް ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެންނަ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން އިޢުލާނުކޮށް، ކުއްލި ހާލަތު އުވައިލައިފިއެވެ.

ޑަބްލިޔު.އެޗް.އޯއިން ޞިއްޙީ ކުއްލި ހާލަތު އުވައިލާފައި ވަނީ، އެ ޖަމުޢިއްޔާގެ އެމަރޖެންސީ ކޮމިޓީން މޭ 4 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑްގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ކުއްލި ހާލަތެއް ކަމުގައި ޑަބްލިޔު.އެޗް.އޯއިން ކަނޑައަޅާފައި ވަނީ މީގެ ތިންވަރަކަށް އަހަރު ކުރިން، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކޮވިޑާ ގުޅިގެން 6.9 މިލިޔަން މީހުންގެ ފުރާނަ ގެއްލިފައިވާއިރު، އެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ ފުރަބަންދު ކުރުމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށާއި ހުރިހާ މުޖުތަމަޢަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ