“އިންޑިއާ އައުޓް” އަކީ އައިއެސްއާއި ގުޅުންއޮތް ހަރަކާތެއް – ރައީސް ނަޝީދު

ޚަބަރު ފަހުގެ

“އިންޑިއާ އައުޓް” ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ މީހުންނާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ކުރަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުންނެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މަސައްކަތް ކުރައްވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމުގައިވާ އައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށެވެ. ޕީޕީއެމުން ކުރާ އެ މަސައްކަތުގެ ސަބަބުން ރާއްޖެ މިނިވަންކަމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ޕީޕީއެމުން މަސައްކަތް ކުރަނީ އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް، އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ ކަމެއް، ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަންތައް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގްރޫޕްގައި މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އިންޑިއާއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ކެންޕެއިންތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ފެށި ހަރަކާތް މިހާރުވަނީ ސަރުކާރަށް ބޮޑު ޕްރެޝަރަކަށް ވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ