މަޖިލީހުގައި އެކުގައި މަސަައްކަތް ކުރުމަށް ޕީޕީއެމުން އެހެން ޕާޓީތަކަށް ދައުވަތު ދީފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އާއި ޕީއެންސީގެ ޕީޖީ ގުރޫޕާއި ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނާއި ޕާޓީތަކަށް އެ ދައުވަތު ދޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

“ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގުރޫޕާ ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެހައި މެމްބަރުންނަށާއި ޕާޓީތަކަށް ދައުވަތު އަރުވަން،” އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމް އިން އެހެން ޕާޓީތަކާއި ގުޅިގެން ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރަށް ޕްރެޝަރ ކުރުމަށް ދައުވަތު ދީފައި ވަނީ އެމްޑީޕީގެ 12 މެމްބަރުން އެމްޑީޕީން ވަކިވެ “ދަ ޑިމޮކްރަޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

‘ދަ ޑިމޮކްރަޓްސް” ޕާޓީ އުފައްދަން އިސްކޮށް އުޅުއްވާ ބައެއް މެމްބަރުންނާއި އެކީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރުން ވެސް ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ