ނައީމާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފި

ޚަބަރު ފަހުގެ

ނ. މަނަދޫ ނައީމާ މޫސާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފިއެވެ.

ނައީމާގެ މަރުގެ މައްސަލައާއިގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދު މިރޭ ވިދާޅުވީ، ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ފުލުހުން ހޯދާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ އިތުރުން ނައީމާ އަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ތުހުމަތުވާ ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވެފަވެއެވެ.

އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭޕްރިލް 7 ވަނަ ދުވަހު އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލި ބެލުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ