ކުރީގެ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދޭން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ޚަބަރު ފަހުގެ

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކައުންޓް ފްރީޒް ކުރި މައްސައިގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރީގެ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އެ މައްސަލައިގައި އެކައުންޓްތައް ފްރީޒް ކުރަން ނެރުނު އަމުރު ހައިކޯޓުން ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ބާތިލު ކޮށްފައެވެ.

އެއާއެކު، އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިލައްވާ ކަމަށާއި މުރީގެ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތުން ލިބޭ ފައިސާ ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން އެމަނިކުފާނުގެ ނަންފުޅުގައި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި އަށް އެކައުންޓާއި، ބީއެމްއެލްގެ އެކައުންޓުތަކާއި، މޮރިޝަސް ކޮމާޝަލް ބޭންކްގައި އެމަނިކުފާނުގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދިލައްވާ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)ގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ގެއްލިގެން ދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ