ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތުދީފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަަށް 15 ގައުމަކަށް ދައުވަތު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ 15 ގައުމެއްގެ އިލެކްޝަންސް އިދާރާތަކަށް އެ ކޮމިޝަނުން ދައުވަތު ފޮނުވީ މިދިޔަ ހަފްތާގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގައުމުތަކަކީ ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ސައުތު ކޮރެޔާ، ސައުތު އެފްރިކާ، ކިރިގިސްތާން، ހޮންޑިއުރަސް، ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ ޖަޕާން އަދި ނޭޕާލް އެވެ..

ރާއްޖޭގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ. ދިވެހިން އާއްމުކޮށް ދިރިއުޅޭ ޤައުމުތަކުގެ ތެރެއިން 8 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓެވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ