ޓްރީ ޓޮޕް ހޮސްޕިޓަލްގައި އައިވީއެފްގެ ހިދުމަތް ފަށައިފި

ޚަބަރު ފަހުގެ

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލްގައި އޮތް ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ. ރާއްޖޭގައި އެ ފަރުވާ ލިބޭ ނަމަ، ވަޒީފާ އަދާކުރަމުން އަދި އާއިލާ ކައިރީގައި ތިބެގެން އެ ހިދުމަތް ހޯދުމުގެ މަގު ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އައިވީއެފް ހަދަން ޓްރީ ޓޮޕުން ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. މި ހިދުމަތް އެ ހޮސްޕިޓަލުން ދެނީ ބުރަކަށް46،000 ރުފިޔާ އަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މި ހިދުމަތް ފެށުމަށް މުވައްޒަފުން ރާއްޖެއިން ބޭރުން ތަމްރީންކޮށް، ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ