ފުލުހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ޚަބަރު ފަހުގެ

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ޒުވާން ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ނިޔާވީ ޕޮލިސް ސާޖެންޓް، ޝުޖާއު ޢަދުނާން ކަމަށެވެ. އުމުރުން 36 އަހަރުގެ ސާޖެންޓް ޝުޖާއު ޢަދުނާން ހއ. ދިއްދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. ސާޖެންޓް ޝުޖާޢު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި ދިއްދޫގައެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ވަނީ ސާޖެންޓް ޝުޖާޢު (2100) އަށް ހެޔޮ ދުޢާކޮށް އާއިލާ އާއި ރަހުމަތްތެރީންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކޮށް ތަޢުޒިޔާ ފޮނުވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ