ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާވެސް ކުރިއެރުމެއް ނުލިބި ނިންމާލައިފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާވެސް މަޖިލީހުގެ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ އެމްޑީޕީގެ 29 މެންބަރަކު މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ބާއްވަން ފެށި މަޖިލިސް ޖަލްސާތަކުގެ ފުރަތަމަ ޖަލްސާއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ ޖަލްސާ ފެށްޓެވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން، މަޖިލިސް ކޮމިޓީ ތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ކޮމިޓީތަކުގެ ނިސްބަތަށް އައި ބަދަލު އަލުން މެންބަރުންނަށް ފޮނުވައި އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި “މަރުތަޅު” އެޅިފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ 13 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުމާ ގުޅިގެންނެވެ.

އެކަމާމެދު މެމްބަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުއްޓި މަޖިލީހުގައިވަނީ “މަރުތަޅު”އެޅިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ