އިސްލާމްދީނަށް ފުރައްސާރަކޮށް، ދިވެހި ދިދައިގެ ހުރުމަތްކަނޑައިފި

ޚަބަރު ފަހުގެ

ލަންޑަންގައި ބޭއްވި އެއްވުމެއްގައި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ، ރާއްޖެއާއި އިސްލާމްދީނަށް ފުރައްސާރަކޮށް، ދިވެއްސަކު ދިވެހި ގައުމީ ދިދައިގެ ހުރުމަތްވެސް ކަނޑައިފިއެވެ.

ލަންޑަންގައި ބޭއްވި އެއްވުމެއްގައި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިން އިރު، އޭނާ އެކަން ކުރީ ދިވެހި ގައުމީ ދިދަ ބޭނުންކޮށްގެންނެވެ. އެ ހަޑިހުތުރު އަމަލަށް ހިތްވަރުދީ އޭނާވަނީ ގައުމީ ދިދައިގައި ލިޔެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެނާ ވަނީ އެ އެއްވުމުގައި އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމުގެ އިތުރުން އެފަދަ ކަންކަމާ ދެކޮޅަށް އިސްލާމީ ގައުމުތަކުގައި ހަދާފައިވާ ޤާނޫނުތަކާ ދެކޮޅަށް އަޑު އުފުލައި، މާތް ﷲ އަށް ކުޑައިމީސްކޮށް ބަސްބުނެފައެވެ.

މި ހުތުރު އަމަަލު ހިންގީ، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ހުސެއިން ޝައިހާންއެވެ. އޭނާ ޓްވިޓާ އެކައުންޓަކުން އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާކަން ބޭޒާރުވުމުން، ލިބިދާނެ އަދަބަަކުން ސަލާމްތަވާންވެގެން ރާއްޖޭން ފުރައިގެން ގޮސް އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުރި މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ