ޑިމޮކްރެޓްސްގެ ނަމާއި ލޯގޯ އަދި ކުލަ ފާސްކޮށްފި

ފަހުގެ ސިޔާސީ

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އެޕާޓީގެ ޕާޓީގެ ނަމާއި، ލޯގޯއާއި، ކުލަ ފާސްކޮށްފިއެވެ.

ޣިޔާސުއްދީން ސްކޫލްގައި ކުރިއަށްދާ އެ ޖަލްސާގައި އެޕާޓީގެ މުއައްސިސު ހަސަން ލަތީފު އިއުލާނުކުރެއްވި ގޮތުގައި އެ ޖަލްސާ ކުރިއަށް ދަނީ 500 އަށް ވުރެ ގިނަ މެމްބަރުންނާ އެކުގަ އެވެ. ޕާޓީގެ ތައާރަފްގައި ހަސަން ލަތީފު ދެއްކެވި ވާހަކަކޮޅަކަށް ފަހު އޮތީ ނަމާއި ލޯގޯ އަދި ކުލަތައް ފާސްކުރުމެވެ.

އިޝްތިހާރު
އިޝްތިހާރު

އެޕާޓީގެ ފުރިހަމަ ނަން ‘ދަ ޑިމޮކްރެެޓްސް’ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި ‘ޑިމޮކްރެޓްސް’ ވެސް ފާސްކުރި އެވެ. އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި ފާސްކުރީ ‘އެސްޓްރިކް’ އެކެވެ. ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ އެވެ.

ޑިމޮކްރެެޓުންގެ ކުލަތަކުގެ ގޮތުގައި އެޕާޓީން މިރޭ ތިން ކުލައެއް ފާސްކުރި އެވެ. އެއީ މަޑު ނޫ (ބޭބީ ބްލޫ) އާއި ހުދު އަދި ކަޅުކުލަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި ‘ފިކުރެއްގެ ދިރުން’ ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ