އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން: ސިޔާމް

ފަހުގެ ސިޔާސީ

އެންމެ އުފާކުރައްވަނީ އެމްޑީޕީއިން ލާދީނީ ފިކުރު ފިލައިގެން ދިއުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ ކ. މާފުށީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ސިޔާމް ވިދާޅުވީ، އެމްޑީޕީއަށް މި އައި ބަދަލަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެންމެ އުފާކުރާ ސަބަބު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ވިދާޅުވީ، މިއަދު ކުރެއްވި ދަތުރުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ސުވާލު ކުރުމުން، އެމްޑީޕީ ބަލައިގަންނަ ސަބަބަކަށް ދެއްކީ، ދީނަށް ފުރައްސާރަ ކުރާ ލީޑަރަކު ނެތުން ކަމަށެވެ.

ސިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދީނީ ކަންކަމަށް އިސްކަން ދެއްވައި، އެ އުސޫލުން ކަންކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ