މުލީގެ ފެނާއި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

މުލީގެ ފެނާއި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.

މިއަދު މުލީގައި އޮތް ޚާއްސަ ހަފްލާއެއްގައި މި މަޝްރޫއު ނިންމައި ރަސްމީކޮށް މި ހިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ރައީސް ސޯލިހުގެ އަރިހުގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމްވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

މުލީގައި ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫޢުކެވެ. މިމަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ