ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

އިލެންޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން އޮގަސްޓު 5، ގެ ހަވީރު 16:00 ގެ ނިޔަލަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ އިތުރުން މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް އީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކު ކުރެވޭނެ އެވެ.

ރަޖިސްޓަރީ ވުމަށް އެދި އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި މާލޭ ފިޔަވައި މީހުން ދިރިއުޅ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ވެސް ފޯމު ހުށަހެޅޭނެ އެވެ.

ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ