ވޭވަށު ސްކޫލްގައި 2 ކުލާސްރޫމް އަދި ސްޓާފްރޫމް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

މ. ވޭވަށު ސްކޫލްގައި 2 ކުލާސްރޫމް އަދި ސްޓާފްރޫމް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އިޝްތިހާރު
އިޝްތިހާރު

އާދިއްތަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ނައުފަލް އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއަށް 4،897،568.02 ރުފިޔާ ހޭދަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ