ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމަށް އެއްބާރުލުން ދިނުމަށް މިޞްރާއެކު އެއްބަސްވުމެއް

ޚަބަރު ފަހުގެ

ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަންދީ، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން މިޞްރާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖެއާއި- މިޞްރާ ދެމެދު މިހާރު ކުރިއަށްދާ ބައިލެޓްރަކް ޕޮލިޓިކަލް ކޮންސަލްޓޭޝަންގެ ދެވަނަ ބުރުގެ ޙަވާސާގެ ތެރެެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ދަށުން ހިންގަވާ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި މިޞްރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންސްޓިޓިއުޓް ފޮރ ޑިޕްލޮމެޓިކް ސްޓަޑީޒްއާ ދެމެދުއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރ ފޮރ އޭޝިއަން އެފެއާޒް އައިމަން ކަމެލްއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ މި ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކޮށް ތަޖުރިބާ ބަދަލުކުރުމާއި، ޑިޕްލޮމެޓިކް ހުނަރާއި ޢިލްމު ކުރިއެރުވުމަށް މަގުފަހިކުރުންކަމަށެވެ. އަދި މިއީ ރާއްޖެއާއި މިޞްރާއި ދެމެދު ޑިޕްލޮމެޓިކް ޤާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ