އ. ދިއްދޫގައި ބިން ހިއްކާ ނިމިގެންދާއިރު، އެއާޕޯޓެއް ވެސް އެޅިގެންދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ވާހަކަފުޅުު ދައްކަވަމުންނެވެ.
“ދިއްދޫގައި ބިން ހިއްކި ނިމިގެން ދާއިރު މިރަށުގައި އެއާޕޯޓެއް ވެސް އެޅިގެން ދާނެ. ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް ބިން ހިއްކިގެން ދާއިރު ކައިރިން ފެނިގެން ދާނެ” ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ 3،000 އަށްވުރެ ބޮޑު އާދާބީއެއް އޮންނަ ދިއްދޫގައި އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.