3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ޚަބަރު ފަހުގެ

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަނެވިފައިވަނީ 7 ޖުލައި 2023 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ފާސްކުރި ޕެކޭޖްގެ ތެރޭގައި ހުރި 2 ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އމިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2020 ގުރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ