ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ށ.ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަސައްކަތަށް 135،877،224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި)އެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މީގެ ކުރިން ހޮސްޕިޓަލު ނެތް ބައެއް ރަށްރަށުގައި ހޮސްޕިޓަލް އެޅުމާއި، ހޮސްޕިޓަލްތަކަށް ޖާގަ އިތުރު ކުރުމުގެ ގޮތުން އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ތަރައްޤީކުރާ 7 ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ކޮންޓްރެކްޓަރުންނާއި މިދިޔަ މެއި މަހުގެ ތެރޭގައިވަނީ ޙަވާލުކުރައްވާފައެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން 21 މަޝްރޫޢެއް ވަނީ ނިމިފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގި މަޝްރޫޢުތައް ހިމެނެއެވެ

ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ބަޖެޓުގައިވެސް އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ