ރައީސް ޔާމީނުގެ އިންތިޚާބީ އެޖެންޓަކަށް ޕީޕީއެމްގެ އެސްޖީ ޠަލާލު

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލު ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑްކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް (އަދުރޭ) ކުރެއްވި ޓުވީޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ތޮލާލަކީ ޔާމީންގެ ވެރިކަމުގެއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ކުރިން ފުރުއްވާފައިވެ އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ފުރަންޖެހޭ ފޯމުގައި އެމަނިކުފާނު ސޮއިކުރައްވަން ޖެހިވަޑައިގަންނަވާތީ އެކަމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ޕީޕީއެމް އިން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި އެކަމުގައި އެހީތެރިވާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ބޭފުޅަކު ކަނޑައަޅައި އިންތިހާބަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެންނެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ