8 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ސަޕްލައީ ދޯންޏެއް މަކުނުދޫ ނެރުމައްޗަށް އަރައިފި

ޚަބަރު ފަހުގެ

8 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ “ނަމޫނާ” ނަމަކަށް ކިޔާ ސަޕްލައީ ދޯންޏެއް ހދ. މަކުނުދޫ ގެ ފަރަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެސަޕްލައި ދޯނި ދަތުރުކުރަމުން ދިޔައީ މަކުނުދޫ އިން ފުރައިގެން އެއަތޮޅު ވައިކަރަދޫ އަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 2:08 ހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި 85 ފޫޓުގެ ްެސަޕްލައި ދޯނި ފަރަށް އެރީ އެދަޮނީގައި ހުރި މުދަލުން (ހިލަ، ސިމެންތި ދަގަނޑުން) ބައެއް މަކުނުދޫ އަށް ބޭލުމަށްފަހު، ނިކުންނަށް އުޅެނިކޮށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް ނުވަތަ ނޫން ކަމެއް އެމްއެންޑީއެފުން ވިދާޅެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ