ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖު 2023: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސެމީއަށް ޓީމް ހަނިމާދޫ ދަތުރު ކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސެމިއަށް ޓީމް ހަނިމާދޫ ދަތުރު ކޮށްފިއެވެ.

މި މުބާރާތުގައި ޓީމް ހަނިމާދޫ އޮތީ ގުރޫޕް ބީ ގައެވެ. އެގޮތުން ފުރަތަމަ މެޗުގައި މަނަފަރާ ވާދަކޮށް 4-0 މެޗު ކާމިޔާބު ކުރި އިރު ދެވަނަ މެޗުގައި ސެންސިޓީއާ ވާދަކޮށް 5-1 މެޗު ކާމިޔާބު ކުރިއެވެ. 3 ވަނަ މެޗު ކުޅިމަގާ ބައްދަލު ކުރި އިރު އެ މެޗު ނިމުނީ 3-3 އެއްވަރު ވެގެން ނެވެ.
މިއަދު ގުރޫޕް ބީ ގެ ފަހު މެޗުގައި މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށް ކުޅެ 4-0 ލަނޑުން މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިމެޗުގައި ޓީމް ހަނިމާދޫ އަށް ލަނޑުތައް ޖަހައިދިނީ އަލީ އާމިރު، ނައުފަލް އަބްދުލް ރައޫފް، މުހައްމަދު ނާފިޒް އަދި ހުޒާމް އަބްދުއްރަހީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލީ އާމިރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ