މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރުމަކީ ކުށެއް: ޑރ. އިޔާޒް

ޚަބަރު ފަހުގެ

މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރުމަކީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެއްކަމަށް މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިފަދައިން ވިދާޅުވީ، މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭ ގޮތަށް ހަމަޖައްސާފައި އޮތުމުން ކުރެއްވި ޓުވިޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

އިޔާޒް ވިދާޅުވީ، އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރްޢީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެއްކަމަށާއި އެހެންކަމުން، ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނައެއް ނުކުރެވޭނެކަމަށެވެ. އަދި އެކަން މަނާކުރާމީހާ އެކުރަނީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެއްކަން އިޔާޒް ފާހަގަކުރެއްވިއެވެ.

މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު ގެޒެޓްކޮށް އަމަލުކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ މިންގަނޑުގައި ބުނެފައި ވަނީ، އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށްކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އުސޫލުގެ މަގްސަދަކީ މުުދައްރިސުންގެ ފަންނީ އަހުލާގީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށެވެ.

މިގެނައި ބަދަލާއެކު ގިނަ މުދައްރިސުންނާއި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ