ޝެއިޚް އަލީ ޒައިދު ހޮނޑައިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ކޮއްފައިވާ ދުޢާ ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ކުށްވެރިކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ސެއިޚް އަލީ ޒައިދު އިއްޔެވަނީ ” ‏ޔާ ﷲ! ހޮޑައިނދޫ ރައްޔިތުންގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން. ” މިފަދައިން ދުއާކޮށް ސޯޝަލް މީޑިޔާގައި ދުއާ ކޮއްފައެވެ.

އަލީ ޒައިދުގެ މި ދުއާ ކުށްވެރިކޮށް ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާގް މުހައްމަދު ގަރާރެއް ނެރެފައިވެއެވެ. އަދި އަލީ ޒައިދުގެ އެދުއާ އެފަދައިން ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް ފިރާގް ވިދާޅުވިއެވެ. އަދި އެ ރައްޔިތުން (ހޮނޑައިދޫ ރައްޔިތުން)ގެ ކިބައިން މައާފަށް އެދުމަށް ގޮވާލާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

” އެ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން، އެހެން ނޫންނަމަ މިހާރު ޒައިދުއަށް ލިބެމުން އެދާ އެތަށް ބައެއްގެ ހިތްނުތަނަވަސްކަމާއި ނުރުހުންތަކަށް މާފެއް ނުލިބޭނެ” ފިރާގް

އެގަރާރުގައި ނައިބު ރައީސް ބުނީ ޝެއިޚް އަލީ ޒައިދު ސޯޝަލް މީޑިއާގައި ފާޅުކަންބޮޑު ގޮތަކަށް ހޮނޑައިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ކޮއްފައިވާ ދުޢާގެ ސަބަބުން އެރަށުގެ އެތައް ރައްޔިތަކަށް ވަނީ ކުއްލި ސިހުމަކާއި، ހިތްތަކަށް ނުތަނަވަސްކަމުގެ އިތުރުން ބިރުވެރިކަން ވަދެފަކަމަށެވެ. އަދި މިފަދަ ދުޢާއެއް ކުރުމުގެ ކުރިން ތިމާގެ ދުލުން މި ބޭރުކޮށްލެވެނީ ކިހާވަރެއްގެ ބަހެއްކަން ބެލުމަކީ އެއްމެ އެދެވިގެންވާ ކަމައްކަމަށްވެސް ފިރާގުގެ ގަރާރުގައި ވެއެވެ.

ކަންމިހެން ހުރިއިރު ހޮނޑައިދޫ ރައްޔިތުން ވަނީ މީގެ އަހަރުތަކެއް ކުރިން ހަނިމާދޫއަށް ބަދަލުކުރެވިފަކަމަށް ފިރާގުގރ ގަރާރުގައި ހަދާން ކޮށްދީފައިވެއެވެ.

”ހޮނޑައިދޫ ރައްޔިތުންނަކީ އަހްލާގު ރަނގަޅު، އޯގާތެރި، ކިޔަމަންތެރި، އެހާމެ ހިތްހެޔޮ، ރައްޔިތެއްކަމާއި، ދުވަހަކުވެސް ތިފަދަ އެއްވެސް ފަރާތަކަށް އެރައްޔިތުންގެ ކިބައިން ބަދު ދުއާއެއް ކުރަންޖެހޭވަރުގެ ކަމެއް އެފަރާތްތަކުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އޮތްކަމެވެ.” ރައްޔިތުންގެ ބަލަދުވެރި ފަރާތެއްގެ ހައިސިއްޔަތުން ފިރާގް ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ