ރައީސް ޔާމީންގެ ރަނިންމޭޓަކަށް އަނެއްކާ ވެސް ޑރ. ޖަމީލް

ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް 2013 ވަނަ އަހަރު އެމަނިކުފާނުގެ ރަނިންމޭޓކަށް ހުންނެވި ޑރ މުހައްމަދު ޖަމީލް ހަމަޖައްސަވައިފިއެވެ.

ޕީޕީއެމްއެމުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންނެވެ. އެހެންނަމަވެސް މަނީލޯންޑަރީންނާއި ރިޝްވަތުގެ ކުށް ސާބިތުވެ މިވަގުތު 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރަނިންމޭޓަކަށް ހަމަޖެއްސެވި ޑރ ޖަމީލު ގެންދަވަނީ ރައީސް ޔާމީންގެ ޝަރީއަތްތަކުގައި އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރެއްވީ ރަނިން މޭޓެއްގެ ގޮތުގައި ޖަމީލާއި އެކު ހުންނަވައިގެންނެވެ. އެހެންނަމަވެސް ނައިބް ރައީސްކަމުގެ މަޤާމުގައި ޖަމީލް ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަދުވަހު ރައްޔިތުން މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވާއި ޖަމީލް ވަނީ ނާއިބް ރައީސްގެ މަޤާމުން ވަކިކުރައްވާފައެވެ.

އޭގެ ފަހުން 2018ގެ ރިޔާސީ އިންތިޚާބުގައި ޑރ ޖަމީލު މަސައްކަތް ކުރެއްވީ އިދިކޮޅު ކޯލިޝަނާއި އެކުއެވެ. އަދި އަމިއްލަފުޅަށް އިނގިރޭސިވިލާތައް އަރުވާލެވިގެން ހުންނަވާ ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރރައްވާ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ