ރ.ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި

ޚަބަރު ފަހުގެ

ރ.ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މި ބަދަރު ނިންމާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެވިފައިވަނީ 26 އޯގަސްޓް 2019 ގައެވެ. ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އިޝްތިހާރު
އިޝްތިހާރު

ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 1،870 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮއްޓެއްލުން ހިމެނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މިގޮތުން 47 މަޝްރޫޢެއްގެ މަސައްކަތް މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީން ކުރިއަށް އެބަގެންދެއެވެ. އަދި ރ. އަތޮޅުގައި 4 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ .

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ