ބްރިޖު ހައިވޭއަށް އުދަ އަރައި ގިނަ ބަޔަކަށް ގެއްލުން ވެއްޖެ

ޚަބަރު ފަހުގެ

ބްރިޖަށް އަރަން އޮންނަ ޖަންގްޝަންއާއި ދިމާލުން އުދަ އަރައިގެން ގިނަބަޔަކަށް މިއަދު ގެއްލުންވެއްޖެއެވެ.

އާންމުވެފައިވާ ވިޑިއޯއަތަކުން ފެންނަގޮތުގައި ހުޅުމާލެއިން ސިނަ މާލެ ބްރިޖްއަށް އަރަން އޮންނަ ދިމާލުން ސައިކަލުގައި ގިނަ ބަޔަކު ދަތުރުކުރަމުން ދަނިކޮށް އެރި ރާޅަކާއި އެކު ސައިކަލްތަކާއި މީހުން ރާޅާއެކު ވެއްޓިގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިހާދިސާގައި ގިނަ ބަޔަކު ސައިކަލުން ކަހާލައި ބިންމައްޗަށް ވެއްޓިފައިވީ ނަމަވެސް ހާދިސާގައި އެފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މާލެއާއި ހުޅުމާލޭއަށް ދަތުރުކުރަން އޮންނަ ހައިވޭއަށް ވެސް ރާޅުތައް ދަނީ އަރަމުންނެވެ. އަދި އެ މަގުގައި ވަރަށް ބޮޑަށް ފެން ހެދިފައި ވެއެވެ. ލޮނުގަނޑާއެކު އަކިރިއަރައި މުޅި މަގުއެއްކޮށް ވަނީ ހަޑިވެފައެވެ.

https://twitter.com/MvCrisis/status/1687788523729149952?t=vEwjjtmhjDspgWpcuHllJg&s=19

މީގެ އިތުރުން މާލޭގައި އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގަށް ވެސް ވަނީ ވަރަށް ބޮޑަށް ރާޅުއަރާ އެ މަގު އެއްކޮށް ވަނީ ފެންބޮޑުވެފައެވެ. ކާނިވަލް ސަރަހަށްދަށް ވެސް ވަރަށް ބޮޑަށް ރާޅު އަރާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ