ޔާމީން އެދުނަސް އިންތިޚާބު ބޮއިކޮޓު ކުރަން ފާހެއްނުވި

ފަހުގެ ސިޔާސީ

ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ނަމަވެސް، އިންތިޚާބު ބޮއިކޮޓު ނުކުރާން ސެނެޓުން ނިންމައިފިއެވެ.

އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން ޔާމީން ވަނީ ނޯޓެއް މެދުވެރިކޮށް އެ މަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގަވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޔާމީންގެ އެންގެވުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ޔާމީންގެ އެންގެވުމަށް ބައެއް ސެނެޓަރުން ދެކޮޅު ހެދުމާ ގުޅިގެން، ސެނެޓް ބައްދަލުވުން ހޫނުވެ، ސެނެޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއްވެސް ބަދަލުކުރި އެވެ. އެކަމާ ގުޅިގެން ބައްދަލުވުން މެދުކަނޑާލަންވެސް ޖެހުނެވެ. ނަމަވެސް އެއް ގަޑިއިރުގެ ބަހުސަކަށްފަހު ވަނީ ވޯޓަށް އަހައިފައެވެ.

އެގޮތުން ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ