ދެއްވަދޫ ސްކޫލް އާ އިމާރާތާއި، ފެނަކަ އޮފީސް ހުޅުވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ސްކޫލުގެ އައު އިމާރާތާއި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބުދަ ދުވަހުގެ މެންދުރުފަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ދެއްވަދޫ ސުލްތާން މުހައްމަދު ސްކޫލުގެ 2 ބުރީގެ އައު އިމާރާތަކީ، ދެ ކުލާސްރޫމާއި، ހެލްތު ރޫމަކާއި ލައިބްރަރީއެއް ހުންނަ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ދެއްވަދޫ ފެނަަކަަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް، ޒަމާނީ އޮފީސް އިމާރާތެކެވެ. ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާއި އޮފީސް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް، އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެއްވަދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ އަޒްރޯވާ ޕައިޕް ފެކްޓަރީ ހުޅުއްވައިދެއްވާފައެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިފެކްޓްރީއަކީ، ފެނާއި ނަރުދަމާ އަދި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ހޮޅި އުފައްދާ ފެކްޓްރީއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ