އުމުރުން 12 އަހަރުގެ ކުއްޖަކުގެ ގެއްލިގެން ހޯދަން ފަށައިފި

ޚަބަރު ފަހުގެ

އުމުރުން 12 އަހަރުގެ ކުއްޖަކުގެ ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ކުއްޖާ ގެއްލުނީ އިއްޔެ އިރުއޮއްސި 18:00 ހާއިރު ކަމަށް އެނާގެ އާއިލާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކުއްޖާ އަކީ ރ. މާކުރަތަށް ނިސްބަތްވާ، އައިޝާ ބިން މަހުމޫދު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކުއްޖާ އެންމެފަހުން ދިރިއުޅުނީ ހުޅުމާލޭ ފްލެޓެއްގައެވެ.

އާއިލާއިން ބުނެފައިވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު މަސައްކަތް މި ކުރަނީ ކެމެރާތައް ޗެކް ކުރުމުގެ މަސައްކަތް ކަމަށެވެ.

އެކުއްޖާ ފެނިއްޖެ ނަމަ 9742709 މި ނަމްބަރަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އާއިލާއިންވަނީ އެދިފައެވެ.

ފުލުހުން ބުނީ މިމައްސަލަ ރިޕޯޓްކޮށްފައިވާތީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ