ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކޮށް، ޖަލު ހުކުމް ފަސްކޮށެއް ނުދިން

ޚަބަރު ފަހުގެ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ނެތް ކަމަށާއި އެކަމަކު އެ މައްސަލާގައި އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ކުރި ޖަލު ހުކުން ފަސް ނުކޮށް، އެކަމަކު ފަސް މިލިއަން ޑޮލަރުގެ ޖުރިމަނާ ހައިކޯޓުން ފަސް ކުރީ މިއަދުއެވެ. ހައިކޯޓުުން މި ގޮތަށް ނިންމާފައިވަނީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދުނު އެދުމާ ގުޅިގެން މިއަދުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަލު ހުކުމް ފަސް ނުކޮށް، ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުުން އަމުރެއް ނެރެފައި މިވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. އޭޖީ އޮފީހުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ ހަފްތާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ