މިއަދަކީ މަނިކުފާނުގެ ޔަހޫދީ ކަމާއި މުނާފިގުކަން ހާމަވެގެންދާ ދުވަހެއް! އަލްޙާން

ޚަބަރު ފަހުގެ

މިއަދަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމުގައި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަޙުމީ އެމަނިކުފާނަށް ރައްދެއް ދެއްވައިފިއެވެ.

ރައީސް ނަޝީދަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އަލްޙާން، ނަޝީދު މިއަދު ކުރެއްވި ޓްވީޓު ރީޓުވީޓް ކުރައްވަމުން ވިދާޅުވީ މިއަދަކީ ރައީސް ނަޝީދުގެ ޔަހޫދީ ކަމާއި މުނާފިގުކަން ހާމަ ވެގެންދާ ދުވަހެއް ކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

” މިއަދަކީ މަނިކުފާނުގެ ޔަހޫދީ ކަމާ މުނާފިގުކަން ހާމަވެގެންދާ ދުވަހެއް! ރ މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން މިއަދަކު ނެތް #ބީރުބޮލުވަޒީރު ކަން ލިބޭކަށްވެސް! ކޮންހާ ބޭކާރު ފިތުނަ ފަސާދައެއްތޯ؟ ނަގޫ ގޮށްޖެހި ގުޅިގެން ސަރުކާރު ހިންގަން ތިބެ ކާކަށްތޯ ތިޔަ އޮޅުވާލައްވަނީ؟” އަލްޙާން ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވީ އެއް ދުވަސް ކަމުގައި ވިދާޅުވެފައެވެ. އަދި މިއަދަކީ ޖަލުގައި އީވާން ނަސީމް ގައިގާ ތަޅާ މަރާލި ދުވަސް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ޖަލުގައި އީވާން ނަސީމު މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ނަމަވެސް އީވާން ނަސީމާއި ބެހޭގޮތުންނާއި އެދުވަހުގެ އެހާދިސާ އާއި ބެހޭގޮތުން ތަފާތު އެކި އަަޑުތައް އަރާފައިވެއެވެ.

އީވާން ނަސީމު މަރާލި ދުވަހު މާލެތެރެ ވަރަށް ބޮޑަށް ހަލަބޮލިވެ، ހަމަނުޖެހުން ބޮޑުވިއެވެ. އެގޮތުން އެދުވަހު ގިނަ އަދަދެއްގެ ފުލުހުންގެ ބޮލުގައި އެޅިގަލުން ތަޅާ، ބޯ ފަޅާލި މަންޒަރާއި ފުލުހުންގެ ޖިޕުގައި އަލިފާން ރޯކޮށްލި މަންޒަރު ވެސް ފެނިގެން ދިޔައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ