މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ކިޔައިދޭ ވީޑިއޯއެއް ނަޝީދު އާންމު ކުރައްވައިފި

ޚަބަރު ފަހުގެ

ކުރީގެ ރައީސް މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ކިޔައިދޭ ވީޑިއޯއެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާންމު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާންމު ކުރައްވާފައިވަނީ އިބްރާހިމް ދީދީ ކިޔާދީފައިވާ ރައީސް މައުމޫން ވެރިކަމުގައި ކޮށްފައިވާ އަނިޔާގެ ވާހަކައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ވީޑިއޯގައި އިބްރާހިމް ދީދީ ކިޔައިދެނީ ވާފިރު ކިޔާ މީހާކަށް ޖަލުގައި ކޮށްފައިވާ އަނިޔާގެ ވާހަކައެވެ.

“ވާފިރު މި އޮންނަނީ 2 ނަންބަރު ގޮޅީގައި. ވަރަށް ކައިރި މިދޭތެރޭގައި އިންނާނީ ގާތް ގަނޑަކަށް އަށެއްކަ ފޫޓު. ދެން މިހެންގޮސް ވާފިރަށް މި އަނިޔާ ކުރަމުންގޮސް ރޭގަނޑު 6:00 ޖެހީމައި ހަދާގޮތަކީ ވާފިރު ގައިގާ ބަންނަނީ ފަތް. ދިއްގާ ފަތް. ދިއްގާ ފަތް ބަންނަނީ ވާފިރު ހުރިގޮތަށް ނުފެންނަ ވަރަށް. ބަނދެ ބަހައްޓާފައި ރޭގަނޑު ވީމައި ގެންގޮސް މި އަޅުވާލަނީ ބަކަރި ފަތް އެލުވާ ދަނޑީގައި. އަޅުވާލީމައި ހުރިހާ ބަކަރި އެތާ އޮންނާނެ ޖަމިއްޔާ ކޮށީގައި އޮންނާނެ ގާތްގަނޑަކަށް 280 ވަރަކަށް ބަކަރި. އެހުރިހާ ބަކަރިތައް ވާފިރު ގަޔަށް މުޑި ނަގައިގެން އެ ފަތްތައް ކައި ހުސްކުރަނީ” އެ ވީޑިއޯގައި އިބްރާހިމް ދީދީ ކިޔާދީފައި ވެއެވެ.

އިބްރާހިމް ދީދީ އެ ވީޑިއޯގައި ވިދާޅުވަނީ އެހުރިހާ ކަންތައް ދިޔައީ ލޮލަށް ފެންނަމުން ކަމަށެވެ. އެމީހުންގެ ހުރި އަނިޔާވެރިކަމާއި އެމީހުންގެ ހުރި ގޮތެއް ފޮތެއް ނެތްކަން ރީއްޗަށް ހާމަވަމުން ދިޔައީ ލޯ ކުރިމަތީގައި ކަމަށެވެ.

“ދެން އެންމެ ފަހުން ވާފިރު އެއްބަސް ނުވީމައި، ވާފިރު އަނދަގޮނޑި ޖަހާފައި ފުރަގަސް ފަރާތަށް މިލެއްވީ ދަޅެއް. 2 ނަންބަރު ގޮޅީގައި އަނދަގޮނޑި ޖަހާފައި ފުރަގަސް ފަރާތަށް މިލެއްވީ ދަޅެއް. ދެން އަޅުގަނޑުވެސް ބަކަރިކޮށި ބަންދު ކޮށްލީމައި ނިދަން އައިސް ވަންނައިރު އެތަނުން ކުނިވަސް އަރަނީ. ދެން މި ކުނިވަސް ދަނީ ބޮޑުވަމުން. ދެންމި ކުނިވަސް ދުވާތަނެއް ނޭނގިގެން އުޅެނިކޮށް އިނގިއްޖެ ވާފިރު ފުރަގަސް ފުރަގަސް ކުނިވެގެން ކަން މި ކުނިވަސް ދުވަނީ. ބެލިއިރު މި ދަޅު މިހުރީ ވާފިރު ފުރަގަސް ފުރަގަސް ކަނޑާ ވަދެ މަސްއަރާފަ” އިބްރާހިމް ދީދީ ވީޑިއޯގައި ކިޔާދީފައި ވެއެވެ.

އިބްރާހިމް ދީދީ ބުނެފައިވަނީ ވާފިރު ދެން މާލެ ގެންދިޔަ ކަމަށާއި ޑޮކްޓަރު ބުނީ ވާފިރަށް ޓަޓުނަސް ޖެހިފައިވާ ކަމަށެވެ. އެހާ ހިސާބުން ޑޮކްޓަރުވެސް ވަޒީފާއިން ކަނޑާލާފައި ބޭރަށް ފޮނުވާލީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ