ކުޅުދުއްފުށިން އިތުރު މީހަކު ފައްސި ވެއްޖެ

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. އެނގިފައިވާ ގޮތުގައި މިއީ އެރަށު “ފާޅު” ބޯޓުން ފައްސިވީ އެބޯޓުގެ ފަޅުވެރިއަކާއި ގުޅުން ހުރި މީހެކެވެ.

މިއަދު ފައްސިވީ މީހާއާއެކު އެރަށުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5 އަށް އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅުދުއްފުށި “ފާޅު” ބޯޓުން އެންމެ ފުރަތަމަ ފައްސި ވެފައިވަނީ އެބޯޓުގެ ކެޕްޓަނެވެ. އެބޯޓު ހދ. ނޮޅިވަރަމް އަށް ވެސް ޖައްސާފައިވާތީ ކުޅުދުއްފުށްޓާއި ނޮޅިވަރަމް ވެސް މިހާރު ވަނީ މޮނީޓަރިންގ އަށް ލާފައެވެ.

ފާޅު ބޯޓުގެ ފަޅުވެރިން ވެސް އެކަހެރިކޮށް ޓެސްޓު ކުރުމުން، އޭގެ ތެރެއިން ދެ ފަޅުވެރިއަކު ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

“ކުޅުދުއްފުށި އޮންލައިން” ނޫހުން ބުނެފައިވާ ގޮތުގައި ފާޅުބޯޓުގެ ކޭސްތަކާއި ގުޅިގެން އެރަށުން 51 މީހަކު އެކަހެރިކޮށް 7 ގެއެއް ކަރަންޓީނު ކޮށްފައިވެއެވެ. އަދި އެބޯޓު ވެސް ވަނީ ކަރަންޓީނު ކޮށްފައެވެ

ކޮވިޑް އާއި ގުޅިގެން ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން އެދެރަށުގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް އެރަށްތަކަށް އެރުން ވެސް ވަނީ މަނާ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ