އިންޑިއާ އިން “ހަދިޔާކުރި” ޑޯނިއަރ ފްލައިޓު ހަނިމާދުއަށް އަތުވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން “ހަދިޔާކުރި” އިންޑިއާ ކޯސްޓުގާޑުގެ ޑޯނިއަރ ފްލައިޓު ހަނިމާދޫ އަތުވެޖެއެވެ. ފްލައިޓު ޖެއްސީ އެކެއް ޖަހަން ވަރަށް ކައިރިވެފައި ހުއްޓައެވެ. މި ފުލައިޓް ހަނިމާދޫގައި ބާ ވާތީ 20 ވުރެގިނައީ އިންޑިޔާ ސިފައި ހަނިމާދޫގައި ތިބެއެވެ.

އެމްއެންޑީއެފްގެ ކޮމާންޑާއި ކޮންޓްރޯލުގެ ދަށުން ޑޯނިއާ އޮޕަރޭޓު ކުރި ނަމަވެސް އެ ބޯޓުގެ މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާ އިން ކަމަށެވެ.
މި ޑޯނިއަރ ފްލައިޓު ބޭނުންކުރާނީ ސަރވެއަލަންސް ދަތުރުތަކަށާއި ރެސްކިއު އޮޕަރޭޝަންތަކަށާއި މެޑިކަލް އިމެޖެންސީ ކަންތައްތަކުގައި ކަމަށް އިންޑިއާ އެމްބަސީން ބުނެއެވެ. އަދި މި ފްލައިޓު އުދުއްސާނީ ދިވެހި ސިފައިންގެ އެންގުމަށް ކަމަށް ވެސް އެމްބަސީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާއިން މިފަދަ އެއާ ކްރާފްޓެއް “ހަދިޔާކުރި” އިރު މިހާރު ވެސް ރާއްޖެއަށް “ހަދިޔާ” ކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރު އޮވެ އެވެ. އެ ދެ އުޅަނދު ދުއްވަނީ އިންޑިއާ ސިފައިންނެވެ. އެކަމަށް ގިނަ އަދަދެއްގެ ސިފައިން ރާއްޖެ ފައިބައި ތިބެ އެވެ. އެކަމާ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ނުރުހޭކަން ފާޅުކޮށް ފާޑު ކިޔުންތައް އަމާޒު ކުރާތާ އެތައް އަހަރެއް ވެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ