ފުނަދޫ ޔުނިޓީ ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗް މިރޭ!

ކުޅިވަރު ފަހުގެ

ފުނަދޫ ޔުނިޓީ ކަޕް ވެޓެރެންސް ފުޓްސަލް މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްމެޗް މިރޭ އަދި އަންހެން ފައިނަލް މެޗް މާދަމާރޭ ކުޅުމަށް ތާވަލް ކޮށްފިއެވެ.

އަންހެން 4 ޓީމްވާދަކުރި މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަޕޮއިންޓް ހޯދި ދެޓީމް ކަމަށްވާ އަންމޯ އައްޕޯ އާއި ތޭރަތިރީސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ފިރިހެން 9 ޓީމް ވާދަކުރި މި މުބާރާތުގައި ފުރަތަމަބުރު ނިންމާ ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ޖަވާޓްސް، ޓިއާމޯ، ޑެލްޓާ ވިންގްސް، ޑެޑީސް އެފްސީ، އެފްސީ ފަޤީރާ(ޅައިމަގު)، އަދި ދޮންތަކުރު އެފްސީ އެވެ.

މި މުބާރާތުގައި ދެވަނަބުރުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޓިއާމޯ އެފްސީ ދަތުރުކޮށްފައިވަނީ ޖަވާޓްސް 7 ލަނޑު 3 ލަނޑުން ބަލިކޮށްގެންނެވެ. ޑެލްޓާވިންގްސް އާއި ޑެޑީސް އެފްސީ ބައްދަލުކުރި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ޑެޑީސް އެފްސީއެވެ. ދޮންތަކުރު އެފްސީ އާއި އެފްސީ ފަޤީރާ ބައްދަލުކުރި މެޗް 4 ލަނޑު 2 ލަނޑުން އެފްސީ ފަޤީރާ ކާމިޔާބު ކުރުމުން ދެވަނަ އަދި ތިންވަނަ ޓީމެއް ކަނޑައަޅާފައި ވަނީ ޕޮއިންޓްގެ ގޮތުންނާއި ޖެހިގޯލާއި ވަތް ގޯލަށް ބަލާ އެފްސީ ފަޤީރާ އާއި ޑެޑީސް އެފްސީ އެއްވަރުވުމުން ގުރުއަތު ލައިގެންނެވެ. މިގޮތުން ގުރުއަތުން ދިމާވެގެން ދެވަނައަށް ހޮވިފައިވަނީ ޑެޑީސް އެފްސީ އެވެ. ތިންވަނަ ޖާގަ ލިބިފައިވަނީ އެފްސީ ފަޤީރާ (ޅައިމަގު) އަށެވެ.

މިރެޔަށް ވަނީ މި މުބާރާތުގެ ސެމީ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައެވެ. 21:15 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ގައި ވާދަ ކުރާނީ ޕޮއިންޓްގެ ގޮތުން އެއްވަނައިގައި އޮތް ޓިއާމޯ އަދި ދެވަނައަށްދިޔަ ޑެޑީއެފްސީ އެވެ. މި މެޗް އިން ބަލިވާ ޓީމެއް ވާދަ ކުރަން ޖެހޭނީ އެފްސީ ފަޤީރާ (ޅައިމަގު) އާއެވެ.

މި މުބާރާތަކީ ފުނާދޫގެ ދެ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މީގެ ކުރިން މި ދެ ޒުވާނުން ވަނީ އަންހެން އަދި ފިރިހެން ޔުނިޓީ ކަޕް 2020 ގެ ނަމުގައި ފުޓްސަލް މުބާރާތަކާއި ވޮލީ މުބާރާތެއް ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ